ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ އަޕްޑޭޓްސް
މިނިވަން ދުވަސް ފާގަކުރުމުގެ ގޮތުން އޭދަފުށީގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

މިލިޔުން ބުކުމާކް ކުރައްވާ
| |


މިލިޔުން ޕްރިންޓް ކުރައްވާ

މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން

28 ޖުލައި 2010
މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބ. އޭދަފުށީގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް މިރަށުގައި ރަސްމީކޮށް ފަށާފައިވަނީ 26 ވަނަ ދުވަހު ފަތިހު ފަތިސްނަމާދަށްފަހު ކުރެވުނު ހާއްސަ ދުއާއަށްފަހުއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން އިންތިޒާމުކޮށްގެން މިނިވަންދުވަހަހުގެ މުނާސަބަތުގައި 26 ވަނަ ދުވަހު ހެނދުނު އެ ސްކޫލުގައި ހާއްސަ ޖަލްސާއެއް ވަނީ ބާއްވާފައެވެ. މި ޖަލްސާގައި ދަރިވަރުން މިނިވަންދުވަހާ ގުޅޭގޮތުން ވާހަކަދައްކާފައިވެއެވެ.

މީގެ އިތުރުން މިނިވަން ޝުއޫރު ފާޅުކުރުމުގެ ގޮތުން 26 ވަނަ ދުވަހު ހަވީރު ރަށުގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ. އަދި އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިރަށު ޒުވާނުންގެ މަރުކަޒުގައި ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައިވެ އެވެ.

މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ސަރުކާރު މުވައްޒަފުންނާއި ރަށުތެރޭން ހޮވާލެވުނު ޓީމަކާއެކު އެކުވެރި ފުޓްބޯޅަ މެޗެއްވެސް ކުޅެފައިވެއެވެ. މި މެޗް 1-2ން ކާމިޔާބުރީ ސަރުކާރު މުވައްޒަފުންގެ ޓީމެވެ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times