ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ އަޕްޑޭޓްސް
އީއެސް ކަޕް 2010 ގެ ޗެމްޕިއަންކަން އެފްސީ ރެޑް ބްލް ހޯދައިފި

މިލިޔުން ބުކުމާކް ކުރައްވާ
| |


މިލިޔުން ޕްރިންޓް ކުރައްވާ

ވާރިޔާ ކަޕް 2009ގެ ޗެމްޕިއަން ޓީމް، އެފްސީ ރެޑް ބްލް މިލްކްވާ ތައްޓާއެކު. ފޮޓޯ / ނިއަމިފޮޓޯ

27 ޖުލައި 2010
ބ. އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން 14 އަހަރުންދަށުގެ ކުޑަކުދިންނަށް އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ރެޑް ބްލް ހޯދައިފި އެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގައި އެފްސީ ބުރު ޓީމާ ދެކޮޅަށް ނުކުމެ ރެޑް ބްލް މޮޅުވެފައިވަނީ 1-0 ން ނެވެ.

5 ޓީމް ވާދަކޮށް މިމަހު 2 ން 23 ގެ ނިޔަލަށް "ސީސީ ކަޕް 2010" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެންމެމޮޅު އަދި އެންމެގިނަ ގޯލުޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފްސީ ރެޑް ބްލުގެ އަބްދުﷲ މުއުތައްޒު އެވެ. އެންމެ މޮޅު ފޯވާޑް ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފްސީ ރެޑް ބުލްގެ އިބްރާހިމް ޝަރީފެވެ. އަދި އެންމެ ޑިފެންސް ކުޅުންތެރިޔަކަށް އެފްސީ ބުރުގެ އަހުމަދު ޝިއާން ހޮވިފައިވާއިރު އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިއަކީ އެފްސީ ރެޑް ބުލްގެ މުހައްމަދު ޔަމާނެވެ. މި މުބާރާތުގެ އެންމެމޮޅު ގޯލް ކީޕަރަކީ ރެޑްބުލްގެ ސާއިދު އަބޫބަކުރެވެ.

މި މުބާރާތަކީ އޭދަފުށީ ފުޓްބޯޅައިގެ ރޫހު އާލާކޮށް ކުޑަކުދިންނަށް ފުޓްބޯޅައިގެ ހުނަރު، ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބޭއްވި މުބާރާތެއް ކަމަށް މި މުބާރާތް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވި ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ބުންޏެވެ. އަދި މި މުބާރާތުގައި ރަނގަޅު ފެންވަރުގެ ކުދިން ތިބިކަން ފާހަގަކޮށް އޭނާ ބުނީ އެ ކުދިންނަށް ރަނގަޅު ތަމްރީނެއް ދީގެން ގައުމު ތަމްސީލު ކުރާވަރުގެ ކުޅުންތެރިން ނެރެވިދާނެ ކަމަށެވެ.

މި މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީއާއި އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ސީސީ ސްޕޯޓްސްގެ އިސް ބައެއް މެންބަރުންނެވެ


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މުބާރާތުގެ ފެންވަރާ ބަލާފާ ވަރަށް ކަޑަ..ޗެންޕިއަން ޓީމަށް ލިބުނީ އެންމެ ނޫޑްލީސް ކޭހެއް އެކަމަކު ރަނަރަޕް ޓީމަށް ލިބުނު ދެކޭސް ނޫޑްލީސް....ރަނަރަޕް ޓީމަކީ ސީސީ އިން ނެރުނު ޓީމަކަށް ވީމާ. މީތޯ އިންސާފަކީ..............(ބަޑި)..
01.08.2010
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times