|
އޭދަފުށީ ގެއަކުން ގިނަ އަދަދެއްގެ ފައިސާއާއި އެހެނިހެން ބައެއް ސާމާނު ވަގަށް ނަގައިފި
އޭދަފުށީ ގެއަކުން ގިނަ އަދަދެއްގެ ފައިސާއާއި އެހެނިހެން ބައެއް ސާމާނު ރޭ ވަގަށް ނަގައިފި އެވެ.
ރޭ ދަންވަރު ތިނެއް ޖަހާ އެހާކަންހާއިރު މިރަށު "ރޯދި" ގެއިން ވައްކަން ކޮށްފައިވަނީ އެ ގޭގެ ކޮޓަރިއެއްގެ ވައިގޮޅިއެއްގެ ތެރެއިން ވަދެގެން ކަމަށް އެ ގޭގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި އެ ގެއިން 1500 އަށް ވުރެ ގިނަ ރުފިޔާއާއި ވިސާ ކާޑެއް ވަގަށް ގެންގޮސްފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުނީ ރޭ މިރަށު ގެއަކުން ވައްކަންކޮށްފައިވާ މައުލޫމާތު އެ ސްޓޭޝަނަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިދުވަސްވަރު މިރަށުގައި ވައްކަމުގެ ތަފާތު މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. އީޓީއަށް އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާތެރޭ މިރަށުގައި ޑޮކްޓަރަކު ހުންނަ ގެއަކުން 1000 ޑޮލަރު ވަގަށް ނަގާފައިވެ އެވެ. އަދި އޭގެ ކުރީ ހަފްތާ މިރަށު ދަންދިއްފަރު ގެއިން ވަގަށް ނަގާފައިވާ އިލެކްޓޯނިކްސް ސާމާނުތަކެއް ފުލުހުންވަނީ ހޯދާފައެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|