ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ އަޕްޑޭޓްސް
ބ. އތމ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތް 2010:
އަމްޕަޔަރުގެ ނިންމުންތަކާމެދު ހިތްހަމަ ނުޖެހިގެން ރެޑްހައުސް ކުދިންތަކެއް އަމްޕަޔަރު ގޭދޮށަށް އެއްވެ އަޑުގަދަކޮށްފި

* ވަރަށް ހުތުރުބަހުން އެކުދިން އަޅުގަނޑާ މުހާތަބްކުރީ - އަމްޕަޔަރު ހައްލަމަ


| |

28 ޖުލައި 2010
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިހާރު ކުރިއަށްދާ އިންޓަރހައުސް ނެޓްބޯޅަ މުބާރާތުގެ ރެޑްހައުސްގެ ކުދިންތަކެއް މި މުބާރާތުގެ އަމްޕަޔަރުގެ ގޭދޮށަށް އެއްވެ އަޑުގަދަކޮށްފި އެވެ.

މި މުބާރާތުގެ އަމަޕަޔަރ އޭދަފުށީ ސައިމާގޭ ހަލީމާ އަހުމަދުވެސް ވަނީ މިއަދު އީޓީ އަށް މިކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ރެޑްހައުސްގެ ސީނިއަރ އަދި ޖޫނިއަރ ޓީމުގެ ކުދިންތަކެއް ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު މެޗަށްފަހު އޭނާ ދިރިއުޅޭ ކުއްޅަވައްމާގޭ ދޮށަށް އެއްވެ އޭނާގެ އަބުރަށާއި އާއިލާއަށް ހުތުވާގޮތަށް އަޑުގަދަކޮށްފައިވާ ކަމަށެވެ.

"ވަރަށް ހުތުބަހުން އެކުދިން އަޅުގަނޑާ މުޚާތަބުކުރީ. އެކުދިންނަކީ ސްކޫލުކުދިންކަމަށްވެފައި ސްކޫލުކުދިންގެ އަޚްލާޤީ ފެންވަރު ދަށްކަމަށްވާތީ އަޅުގަނޑަށް އެކަން ގަބޫލުނުކުރެވޭތީ އަޕްޔަރެއްގެ ހައިސިއްޔަތުން އެކަން ބައްލަވައިދެއްވުމަށް މިހާރުވާނީ ސްކޫލަށްވެސް ހުށަހަޅާފައި" އޭދަފުށީގައި ބާއްވާފައިވާ ގިނަ ބަށިމުބާރާތްތަކާ ނެޓްބޯޅަ މުބާރާތްތަކުގައިވެސް އަޕްޕަޔަރުކަން ކޮށްދެއްވަމުންގެންދަވާތާ ގިނަދުވަސްތަކެއްވެފައިވާ ހަލީމާ ވިދާޅުވި އެވެ.

ހަލީމާ އިތުރަށް ވިދާޅުވީ އެދުވަހުގެ މެޗަށް ފަހު އެ ސަރަހައްދުގައިވެސް ރެޑްހައުސްގެ ބައެއް ކުދިން ހުތުރުބަހުން އޭނާއާ މުޚާތަބުކޮށް އަޑުގަދަކޮށްފައިވާ ކަމަށެވެ.

އީޓީއަށް އެނގިފައިވާ ގޮތުގައި ޖުލައި 26 ވަނަ ދުވަހު ރެޑް ހައުސްއާއި ބްލޫހައުސް ބައްދަލުކުރި މި މެޗަށްފަހު، ބައެއް ޓީޗަރުންވެސް ރެފްރީއާ ދިމާލަށް ހުތުރުބަހުން މުޚާތަބުކޮށްފައިވެ އެވެ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
އޭދަފުށީ ސްކޫލްގެ މެނޭޖްމަންޓުން މި ކުދިން ސަސްޕެންޑް ކުރަންޖެހޭނެ !! އަދި ދެންއަންނަ މުބާރާތުން ވެސް!!! ====== ރޮކް===---
01.08.2010
އޭދަފުށީގެ ގިނަމީހުންނަކީ އަބަދުވެސް ރެޑްހައުސްދެކެ ވަރަށްޖޭވާބައެއް. އަބަދުވެސް އުޅޭނީ ރެޑްހައުސް ދަށްކުރަންވެގެން. މިހާރު ޖނ މެނ ސްކޫލްގަ ނޫޅޭތީވެ ހލމ މެން ރެޑްހައުސް ކަޓުވާލަންބޭނުންވަނީ. އިންސާފުންކަންތައް ނުކުރެވެންޏާ އަޑުގަދަވެސްކުރާނެ. މިއީއެންމެން ހަމަހަމަވާންޖެހޭ ވެރިކަމެއް. އަމްޕަޔަރުންވެސް އަމްޕަޔަރުކަން ކުރަންޖެހޭނީ އިންސާފުން. މިމެޗުން މޮޅުވިޓީމް ލިޔުމުގައި ހިމަނާލިނަމަ ވަރަށްރަނގަޅުވީސް. ރެޑް ހައުސް ހޮޕް ހޮޕް މުސްކުޅި ދަރިވަރެއް
29.07.2010
މިއޮތީ ފުރިހަމަ ޑިމޮކުރަސީ އައިސްފަ!!!
28.07.2010
މިހާރު ރަގަޅުވާނީ ރަނގަޅަކަށްވެސް ތިކަހަލަ ކަމެއްވެސް ނުކުރުން. އެމީހަކު ތިބި ހާލަކަށް ތިބުން. އޭރުން މީހަކު ހަޅޭކެއްވެސް ނުލާނެ.
28.07.2010
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times