|
ކިހަވަން ހުރަވަޅި ފެރީ ދޯނި އެރަށު ފަޅުތެރެއަށް އަޑިއަށް ހިގައްޖެ
|
މިލިޔުން ބުކުމާކް ކުރައްވާ
މިލިޔުން ޕްރިންޓް ކުރައްވާ
|
 އިއްޔެ ކިހަވަން ހުރަވަޅި ރިސޯޓް ފަޅުތެރެއަށް އަޑިއަށްދިޔަ ދޯނި އެރަށޫ ފަޅުތެރޭގައި. |
ބ. އަތޮޅުގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކިހަވަން ހުރަވަޅި ރިސޯޓްގައި ދުއްވާ ފެރީ ދޯންޏެއް އެރަށު ފަޅުތެރެއަށް އަޑިއަށް ހިގައްޖެ އެވެ.
އެ ރިސޯޓުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި އެ ރިސޯޓާ ކުޑަރިކިލާ ދެމެދު ދަތުރުކުރާ ފެރީ ފަޅުތެރެއަށް އަޑިއަށް ދިޔައީ އިއްޔެ މެންދުރު އައި ބާރުގަދަ ވިލާގަޑެއްގައި ދޯނި ރިސޯޓުގެ ޖެޓީގައި ޖަހާފައިހުރި ދަނގަޑުތަކުގެ ތެރެއަށްވަދެ ހަލާކުވެގެންނެވެ.
"އައި ގަދަވައިގައި ދޯނި ޖެޓީ މައްޗަށް ޖެހުނު ގޮތަށް ދޯނިއޮތީ ޖެޓީގެ ދަނގަޑުތަކުގެ ތެރެއަށް ވަދެފައި. ހަމައެވަގުތު ދޯނި އެއްކޮށް ފަޅުތެރެއަށް އަޑިއަށް ހިގައްޖެ" ކިހަވަން ހުރަވަޅި ރިސޯޓުން ވާހަކަދެއްކި މީހަކު އީޓީއަށް ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނީ އެވަގުތު ދޯނީގައި ތިން މީހުން ތިބި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. "އެކަމު ދޯނި އޮތީ އިންޖީނާއެކު ފަޅުތެރެއަށް އަޑިއަށް ގޮސްފައި"
ކިހަވަން ހުރަވަޅި ރިސޯޓުން ބުނީ ދޯނި ފުންކުރުމުގެ މަސައްކަތް މޫސުމް ގޯސްވުމުގެ ސަބަބުން އިއްޔެ ކުރެވިފައި ނުވާ ކަމަށާއި ނަމަވެސް މިއަދު މެންދުރުފަހު ދޯނި ފުންކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|