ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ ލިޔުންތައް
ތުޅާދޫގެ ރައްޔިތުންގެ ނަމުގައި ސައުވީސްހާހަށްވުރެ ގިނަރުފިޔާ ޕާކިސްތާން ރިލީފްފަންޑަށް ހަދިޔާކޮށްފި

| |

07 ސެޕްޓެމްބަރ 2010
ޕާކިސްތާނަށް އެހީވުމަށްޓަކައި ބ. ތުޅާދޫގެ ރައްޔިތުންގެ ނަމުގައި ސައުވީސް ހާހަށްވުރެ ގިނަރުފިޔާ ޕާކިސްތާން ރިލީފް ފަންޑަށް ހަދިޔާކޮށްފިކަމަށް އެރަށު އޮފީހުން ބުނެފިއެވެ.

ތުޅާދޫ އޮފީހުން ބުނީ އެރަށު ރައްޔިތުންގެ ނަމުގައި ޕާކިސްތާނަށް އެހީވުމަށް ހުޅުވި ފަންޑް ފޮށިތަކަށް ލިބުނު ސައުވީސްހާސް ފައްސަތޭކަ ފަންސާސް އަށްރުފިޔާ ފަންސާސް ފަސްލާރި ޕީކޭ ރިލީފް ފަންޑް އެކައުންޓަށް ޖަމާކުރީ އިއްޔެ ކަމަށެވެ.

ޕާކިސްތާނު ރައްޔިތުންނަށް އެހީވުމަށް ފައިސާ އެއްކުރުމަށް ތުޅާދޫ ޖަމްއިއްޔާތަކާ، ސިޔާސީ ޕާޓީތަކުގެ ގޮފިތައް އަދި ރަށުއޮފީސް ގުޅިގެން މީގެ ދެހަފްތާކުރިން އެރަށުގެ ތިން މިސްކިތެއްގައި ބެހެއްޓި މިފަންޑް ފޮށިތަކަށް ތުޅާދޫގެ އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރހީބެއް ލިބުނުކަމަށްވެސް އެރަށު އޮފީހުން ބުނޭ.

ޕާކިސްތާނުގައި ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީވުމުގެ ގޮތުން ބ. އަތޮޅު ކެންދުއާ، ދޮންފަނު އަދި ހިތާދުއާ، ފުޅަދޫ ރައްޔިތުން ގުޅިގެން މިހާތަނަށް ޖުމްލަ ހަތްދިހަފަސްހާހަށްވުރެ ގިނަރުފިޔާ ހަދިޔާކޮށްފައިވާކަމަށްވެސް އެރަށްރަށުގެ އޮފީސްތަކުން ބުނޭ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
އެއީ އޭދަފުށީ ރައްޔިތުންނަށް ކުރި ސަދަޤާތެއްތަ. ނުވަތަ ދެއްކުމުގެ ގޮތުންކުރި ކަމެއްތަ. ވަރަށް ހެއްވާދޯ!
08.09.2010
އޭދަފުށީ މީހުން ލަދު ނުގަނޭބާ؟؟
07.09.2010
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times