ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ ލިޔުންތައް
ރައްދު ޖަވާބު:
އާއެކެވެ؛ އަހަރެމެންގެ ރަށް "ނަމޫނާ" ވެފައި ފުރިހަމަ އެވެ.

މިލިޔުން ބުކުމާކް ކުރައްވާ
| |


މިލިޔުން ޕްރިންޓް ކުރައްވާ

އޭދަފުށީގެ އޭރިއަލް ފޮޓޯއެއް.-- ފޮޓޯ / ތޯރިގް

14 ޑިސެމްބަރ 2009
މިއީ މި ނޫހަށް ކިޔުންތެރިއަކު ފޮނުވާފައިވާ ލިޔުމެކެވެ. ލިޔުން ޝާއިއުކޮށްފައި މި ވަނީ އޭނާ ފޮނުވި ގޮތަށް ބަދަލެއް ނުގެނެސް އެވެ. އޭނާ ބުނަނީ އޭނާގެ ނަމުގެ ބަދަލުގައި "ނާޝް" ނަމުގައި ޝާއިއުކޮށްދޭން އެދޭ ކަމަށެވެ.

======

ކޮންމެ ދުވަހަކުހެން އަހަރެން މި ނޫސް ކިޔަމެވެ. އެންމެ ފުރަތަމަ ވެސް މި ނޫސް އުފަންވެ ކުރިއަށް ދާ ކަމަށް ޓަކައި އަހަރެން ރަށް ދެކެ ފަހުރުވެރި ވަމެވެ. މިއީ، މަދު ބަޔަކަށް ނޫނީ ނުވާނެ ކަމެކެވެ. މިއީ ރަށުގައި ގާބިލް ބަޔަކު ތިބި ކަމުގެ ފުރިހަމަ ނަމޫނާ އެކެވެ. އެކަމަށް ޓަކައި މި ނޫހުގެ އެންމެންނަށް ޝުކުރިއްޔާ އެވެ.

މީގެ ދެ ދުވަސް ކުރިން މި ނޫސް ކިޔަމުން ދަނިކޮށް ވަރަށް އެހެން ކަހަލަ އާޓިކަލެއް ލޮލުގައި އަޅައިގަތެވެ. "ސްޓާރބްލިންކް"ގެ ނަމުގައި އޭދަފުއްޓަށް އުފަން ދަރިއަކު ލިޔެފައިވާ ލިޔުމެއް ކިޔާލުމުން ތަލިން ކުޅު ނުހިކުނީ ކިރިޔާ އެވެ. އެ ލިޔުމުގައި އަހަރެމެންގެ ރަށަށް ވަރަށް މަލާމާތް ރައްދުކޮށްފައިވީތީ ހިތުގައި ޖެހުނެވެ.

އެ ލިއުން ލިޔުނު މީހާ އަށް ނުވަތަ ބަޔަކަށް ރަށުގެ ތާރީހާއި ތަރައްގީ ނޭނގެނީ ކަމަށް ވެސް އެވެ. އޭދަފުއްޓަށް ނިސްބަތްކޮށް "ނަމޫނާ" ރަށެކޭ ކުރީގެ ރައީސް ވިދާޅުވީ ކީއްވެގެން ކަމާއި އޭދަފުށި ތަރައްގީގެ ހަރުފަތްތައް ހާސިލް ކުރުމަށް ފުރޮޅިހާ ގަލެއް އޭނާ އަށް ވަޒަން ނުކުރެވުނީ ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. ހަމައެއާ އެކު ފާރުތަކުގައި ހުދު ކުލަ ލައިފައި ހުރީ ކީއްވެގެން ކަމާއި އެހާ ފުރިހަމަ އަތޮޅުގެ އެއް ނުވަތަ އަތޮޅު އޮފީހެއް ހުރީ ކީއްވެގެން ކަން ވެސް އޭނާގެ ޅަކަމުން ނުވަތަ ރަށަށް ނާންނާތީ ނޭނގުނީ ކަމަށް ވެދާނެ އެވެ.

އަހަންނަކީ އޭދަފުށީގެ ދަރިއެކެވެ. ހަގީގަތުގައި ވެސް އެ ރަށަކަށް ޓަކައި ފަހުރުވެރިވާ މި ރަށް ދެކެ ލޯބިވާ ދަރިއެކެވެ. އުޅެ ބޮޑުވީ ވެސް މި ރަށުގަ އެވެ.

އޭދަފުއްޓަކީ ހަމަ އާދައިގެ ރަށެކެވެ. އެހެން ރަށްރަށާ ހަމައެކަނި ތަފާތަކަށް ވީ މި ރަށުގެ ރައްޔިތުންގެ ވިސްނުން އެހެން މީހުންނަށް ވުރެ ފުޅާވީމަ އެވެ. އޭދަފުށީގެ ކޮންމެ ރައްޔިތަކުހެން ވިސްނަމުން ދިޔައީ މާދަމާ އަށެވެ. އޭގެ ނަތީޖާ އަކީ އޭދަފުށި ތަރައްގީވިލެއް އަވަސް ކަމެވެ. ވެރިކަން ބަދަލުކުރީ ބަޔަކު ރޮއްވާފައެއް ނޫނެވެ. އެއީ އޭރު ތަރައްގީގެ ކުލަވަރު އޮތް ގޮތެވެ. އެއީ ވެސް އޭދަފުށީ މީހެއްގެ ފުޅާ ދުރުމިނެކެވެ. އޭގެ ފައިދާ މުޅި އަތޮޅަށް ވެސް ކުރަމުން ދެ އެވެ. އޭދަފުއްޓަށް ވެރިކަން ބަދަލުކޮށް އިތުރު ތިން ރަށުގެ މީހުން އޭދަފުށީގައި ވަޒަންވެރި ކުރުވުމަކީ ވެސް އަހަރެންގެ ހިތުން ވަރަށް ރަނގަޅު ނިންމުމެކެވެ.

އޭދަފުއްޓާ ދިމާއަށް ތަރައްގީގެ ނަމޫނާ ރަށެކޭ ކުރީގެ ރައީސް ވިދާޅުވީ މީގެ ވިއްސަކަށް އަހަރު ކުރިންނެވެ. އޭރު ރާއްޖޭގެ ރަށްތައް އޭދަފުއްޓާ ހާސް ބައި ތަފާތެވެ. ތައުލީމީ ގޮތުން ވެސް އޭދަފުށި ނަމޫނާ ރަށަކަށް އޭރު ވެފައިވާއިރު އޭދަފުށީގައި އޭރު ފެށިފައި ހުރި އަދި ފަށައިގެން ކުރިއަށް ދިޔަ މަޝްރޫއުތަކަކީ އޭރުގެ ސަރުކާރު ވެސް ދުރުމިން އަޅަމުން ދިޔަ މަޝްރޫއުތަކެކެވެ. އޭގެ ތެރެއިން އެއް މަޝްރޫއަކީ ކަރަންޓްގެ މަޝްއޫއެވެ. ދެން ބަނދަރު ހެދުމުގެ މަޝްރޫއެވެ. ނުވަދިހައިގެ އަހަރުތައް ނިމުނު އިރު ރަށެއްގެ ތަރައްގީ އަށް ބޭނުންވާ ހުރިހާ މަޝްރޫއެއްހެން ވަނީ ނިމިފަ އެވެ. ނަރުދަމާގެ މަޝްރޫއަކީ އޭރުގެ ސަރުކާރުން އެއްވެސް ރަށެއްގައި ގާއިމްކޮށްފައި ނުވާ މަޝްރޫއަކަށް ވާތީ މި ނަސީބު އޭދަފުއްޓަށް ވެސް ނުލިބުނީ އެވެ. ދެން ހުރި ހުރިހާ ކަމެއްހެން އޮތީ ފުރިހަމަވެފަ އެވެ. ބައްލަވާށެވެ! ގޭގެ އަށް ފޯނު ލައިން ލައިފައިވާ އާބާދީ މަދު އެއްވެސް ރަށެއް އޭދަފުށި ފިޔަވައި ރާއްޖެއަކު ނެތެވެ. އެންމެ ފުރަތަމަ ކޮމިއުނިޓީ ސްކޫލެއް އެޅީ އޭދަފުށީގަ އެވެ. އެންމެ ފުރަތަމަ ފަޅު ފުންކޮށް ވާޓަރު ހެދި އެއް ރަށަކީ އޭދަފުއްޓެވެ. ރާއްޖެ އިން އެންމެ ފުރަތަމަ ތައުލީމީ ގޮތުން ވިދާލި އެއް ރަށަކީ ވެސް އޭދަފުއްޓެވެ. މަތި ތައުލީމަށް އެންމެ ފުރަތަމަ ކިޔަވައިދޭން ފެށި އެއް ރަށަކީ އޭދަފުއްޓެވެ. އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލަށް އެންމެ ފުރަތަމަ ރާއްޖެ ތެރޭ ކުދިން ވައްދަން ފެށި އިރު އެންމެ ފުރަތަމަ ޖާގަ ލިބުނު ދަރިވަރުންގެ ތެރޭގައި އޭދަފުށީ ދެ ކުއްޖަކު ހިމެނުނެވެ. މިއީ ތާރީހީ ގޮތުން ނަމޫނާ ރަށެއްގައި ހުންނަން ޖެހޭ ކަންތައްތަކެވެ.

އޭދަފުއްޓަކީ ސާފުތާހިރުކަމުގެ ގޮތުން ވެސް ނަމޫނާ ރަށެކެވެ. މީހުންނަށް ހިތްހެޔޮ ކަމުގެ ގޮތުން ވެސް ކުޅިވަރުގެ ގޮތުން ވެސް އަދި ރާއްޖޭގައި ތިބި ފަންނުވެރިންގެ ގޮތުން ވެސް ނަމޫނާ ރަށެކެވެ. އެކަމާ ދެބަސްވެވޭނެ މީހަކު ހުންނާނެ އެވެ. ހަގީގަތް ވާނީ ހަގީގަތެވެ. ފިހާރަ އަށް ވަންނަ އިރު ފައިވާން ބަހައްޓާފައި ވަނުމަކީ ނާތަހުޒީބީ އަމަލެއް ނޫނެވެ. އެއީ ސާފުތާހިރު ކަމަށް ދެވޭ ސަމާލު ކަމެކެވެ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
އޭދަފުށްޓަށް ހެޔޮއެދޭ އޭދަފުށީގެ ރައްޔިތެއްގެ ޙައިޞިއްޔަތުން ބުނެލަން އޮތް ވާހަކައަކީ، މިނޫސް ކުރިޔަށް ގެންގޮސްދެއްވާ ފަރާތަކީ، ޙަޤީޤަތުގައިވެސް، އޭދަފުށްޓަށް ހެޔޮއެދޭ، ވަރަށް އިޚްލާޞް ތެރި ފަރާތެއް ކަމުގައެވެ. ތިޔަ ކުރައްވާ ހިތްވަރަށް އައްސަރިބާ ސާބަސް ދަންނަވާލަން މިފުރުޞަތުގެ ބޭނުން ކުރަމެވެ.
16.12.2009
އަހަންނަކީ އޭދަފުށީގެ ދަރިއެކެވެ. ހަގީގަތުގައި ވެސް އެ ރަށަކަށް ޓަކައި ފަހުރުވެރިވާ މި ރަށް ދެކެ ލޯބިވާ ދަރިއެކެވެ. އުޅެ ބޮޑުވީ ވެސް މި ރަށުގަ އެވެ. އެކަމަކު 88 ބުނެލަންއޮތްވާހަކައަކީ މީހުން ތައްރަށްގީއެތް ނުވޭ؟
15.12.2009
ލިއުން ވަރައްފުރިހަމަ އަދިވަރައްސަޅި. ތަރައްގީގެކުލަވަރު މިހާރުއޭދަފުށިން ފެންނަމުން އެބަދޭ. ފިހާރަތަކައްފައިވާނާއެކު ވަދެވޭ ތަންތަން ވެސް އެބަހުރި. އެގޮތުން "އޯވަރނައިސް" ފިހާރަ ފާހަގަކޮއްލެވޭ.
15.12.2009
މިއީ ތެދު ހަގީގަތް. މިކަމާ ދެތޭރޭ ބަހުސްކުރާނެ ޖާގައެއް ނެތް. އެކަމަކު ތަންދޮރު ނުދަންނަ މީހުން ދައްކާ ވާހަކައަށް އީޓީން މާބޮޑަށް ސަމާލުކަންދީ އެވާހަކަތައް ޝާއިއުކުރުން އެއީ ަމއްސަލައަކީ..
15.12.2009
މިއާރޓިކަލް ލިޔުނީ ހަމަ ހަޤީޤަތުގަވެސް ތަންދޮރު ދަންނަ ބޭފުޅެށް... މީ ހަމަ ހަގީގަތް....
15.12.2009
ހަގީގަތުގައިވެސް މިއީ މަދުބަޔަކަށް ނޫނީ ނުވާނެ ކަމެއް. ނޫހުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!!
14.12.2009
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times