|
އޭދަފުށީގައި ފުޓްބޯޅަ ކޯޗިން ކޭމްޕެއް ބޭއްވުމަށް އެފްއޭއެމްއިން ފޭލި ޖަމިއްޔާއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
|
މިލިޔުން ބުކުމާކް ކުރައްވާ
މިލިޔުން ޕްރިންޓް ކުރައްވާ
|
 އެފްއޭއެމް އިން ފޭލި ޖަމިއްޔާގެ މެންބަރުންނާއެކު މައުފާ ރެސްޓޯރަންޓްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން |
އޭދަފުށީގައި ފުޓްބޯޅަ ކޯޗިން ކޭމްޕެއް ބޭއްވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑްވިސް (އެފްއޭއެމް) އިން ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
ފޭލި ޖަމިއްޔާއިން ބުނީ ހޯމަ ދުވަހުގެ ރޭ އޭދަފުށީ މައުފާ ރެސްޓޯރަންޓްގައި ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މި ކޭމްޕު ހިންގުމުގައި އެ ޖަމިއްޔާއިން އަދި އެފްއޭއެމް އިން ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ ބެލުމަށެވެ. އެގޮތުން މި ކޭމްޕަގައި ބ. އަތޮޅުން 17 މީހުން ބައިވެރިކުރުމަށާއި އަންނަ ސެޕްޓެމްބަރުމަސް ތެރޭ ކޭމްޕް ފެށުމަށްވެސް ދެފަރާތުން އެއްބަސް ވެވިފައިވާކަމަށް ފޭލިން ބުންޏެވެ.
ފޭލިން ބުނިގޮތުގައި ފީފާ އަދި އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ތަރައްގީކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފީފާ އާއި އެފްއޭއެމް އަދި މޯލްޑިވްސް އޮލިމްޕިކު ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. އަދި މިއީ މި ކޯހުގެ ބުރެއް އޭދަފުށީގައި ބާއްވައިދިނުމަށް 2009 ވަނަ އަހަރު ފޭލި ޖަމިއްޔާއިން އެފްއޭއެމްއަށް ހުށަހެޅުއްވުމާއި ގުޅިގެން އޭދަފުށީގައި ބާއްވަން ހަމަޖެހުނު ކޯހެއްކަމަށްވެސް ފޭލި ޖަމިއްޔާއިން މައުލޫމާތު ދެއެވެ.
މި ބައްދަލުވުމުގައި އެފްއޭއެމްގެ ފަރާތުން ބައިވެރިވެވަޑައިގަނެނަވީ އެ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރު މައުރޫފު އަހުމަދާއި ވައިޑިޕީ ކޯޗު އަހުމަދު ނާސިރެވެ. މި ބޭފުޅުން ވަނީ އޭދަފުށީ ފުޓްބޯޅަ ދަނޑުގެ ހާލަތުވެސް ބައްލަވާލައްވާފަ އެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|