|
އިންޓަނެޓް ވިޔަފާރި - އޭދަފުށީގައިވެސް ކުރިއަރަމުން އަންނަ ވިޔަފާރިއެއް
|
މިލިޔުން ބުކުމާކް ކުރައްވާ
މިލިޔުން ޕްރިންޓް ކުރައްވާ
|
 - |
ކުރިއަރަމުން ދުނިޔެއާއެކު މި ކުޑަކުޑަ ދިވެހިރާއްޖެވެސް ދަނީ ކުރިއަރަމުންނެވެ. އިންސާނީ ވަސީލަތްތަކަށް އިންގިލާބެއް ގެނައި ޓެކްނޮލޮޖީގައި ފައިތިލަ ސާބިތު ކުރެވޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޓަނެޓަކީ މިހާރު އެއާ ނުލައި ދިރިއުޅުން ފުރިހަމަ ނުވާ ޓެކްނޮލޮޖީއެކޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.
އިންޓަނެޓު ތައާރަފްވެ ގިނަދުވަސް ތަކެއް ވަންދެން އޭދަފުށީ މީހުންވެސް އިންޓަނެޓް ބޭނުންކުރަމުން އައީ މައުލޫމާތު ލިބިގަތުމާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުން ފަދަ ކަންކަމަށެވެ. ނަމަވެސް ދުނިޔޭގައި ފުޅާދާއިރާއެއްގައި އިންޓަނެޓް ވިޔަފާރި ކުރަމުން ދާއިރު މިރަށުގައިވެސް މިހާރު އިންޓަނެޓުން ވިޔަފާރި ކުރުން ވަނީ ވަރަށް އާއްމު ވެފައެވެ. ކޮމްޕިއުޓަރު ކުރިމަތީގައި ގޮނޑީގައި ލެގިލައިގެން އިނދެ ބޭނުން ފިހާރަޔަކަށް ވަދެ، އެކަތި އަނެކެއްޗާ އަޅާ ކިޔައި ބެލުމަށްފަހު އިންޓަނެޓުން މުދާ ގަތުމަކީ އެތައް ގޮތަކުން މުދަލުގެ ފެންވަރު ރަގަޅުވެ އަގުހެޔޮކޮށް މުދާ ގަނެވޭ ގޮތެއް ކަމުގައި އިންޓަނެޓުން ވިޔަފާރި ކުރާ މީހުން ބުނެއެވެ.
އޭދަފުށީ ޕޯސްޓް އޮފީހުން ބުނީ އިންޓަނެޓުން މުދާ ގަންނަ ފަރާތްތައް މިރަށުގައި ދުވަހެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ.
އިންޓަނެޓުން ވިޔަފާރީގެ ވާހަކަ ދައްކަމުން އަންނަ އިރު އިންޓަރނެޓު މެދުވެރިކޮށް ވިޔާފާރި ކުރަނި ކިހިނެއްތޯއާއި އެއީ ކިހާވަރެއްގެ ކަމެއްތޯ ވެސް ބަލައިލަން ޖެހެއެވެ.
"ވަރަށް ފަސޭހަކަމެއް. ރާއްޖެއިން ގަންނަން ލިބޭ ވަރަށް ވުރެ މާ އަގުހެޔޮކޮށް ލިބޭ. ހަމަ އެކަނި ކުރަންޖެހޭ ކަމަކީ ޕޭޕަލް އެކައުންޓެއް ހުޅުވާލުން. އަދި އީބޭ ފަދަ ނެޓްވޯކަކުން ވިޔަފާރި ކުރާނަމަ ރަޖިސްޓްރީވުން." އިންޓަނެޓުން އީބޭ އިން ވިޔަފާރި ކުރާ ރައްޓެއްސަކު ބުންޏެވެ.
އޭނާ އިތުރަށް ބުނީ ރަޖިސްޓްރީ ކުރާއިރު ފުރިހަމަ މައުލޫމާތާއި ޕޯސްޓަލް އެޑްރެސް ބަރާބަރަށް ޖަހަން ޖެހޭނެ ކަމަށާއި އެހެން ނޫންނަމަ ޕޯސްޓުން ގެންނަ އެއްޗެއް ނުލިބޭނެ ކަމަށެވެ. އަދި ޕޭޕާލް ފަދަ އިތުބާރު ކުރެވޭ ނެޓްވޯކަކަށް ނޫނީ އެއްގޮތަކަށް ވެސް ކްރެޑިޓް ނަންބަރ، ބެންކް އެކައުންޓް ނަންބަރ ދީގެން ނުވާނެ ކަމަށެވެ.
"ކްރެޑިޓް ކާޑް ނަންބަރ، ބެންކް އެކައުންޓް ޕޭޕަލް ފަދަ އިތުބާރު ކުރެވޭ އޮންލައިން ޕޭމެންޓް ހެދޭ ތަނަކަށް ނޫނީ ދިނުމަކީ ވަރަށް ދެރަ ކަންތައް ދިމާވެދާނެ ކަމެއް. ޕޭޕަލް އަކީ ދުނިޔޭގައި ވަރަށް ޓްރަސްޓެޑް އޮންލައިން ޕޭމަންޓް ނެޓް ވޯކެއް."
މިގޮތަށް އަލަށް ފަށައިގަންނަ ފަރާތްތަކުން މިކަމުގައި ތަޖްރިބާ ހުރި ފަރާތްތަކުގެ މަޝްވަރާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ
މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
|