ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ ލިޔުންތައް
ލޯބިވީމެވެ، ނަމަވެސް...

މިލިޔުން ބުކުމާކް ކުރައްވާ
| |


މިލިޔުން ޕްރިންޓް ކުރައްވާ

.

އަބްދުﷲ ރަޝީދު

21 އޯގަސްޓް 2010
އަހަރެންގެ ހުރިހާ އުންމީދުތައް ފެނަށް ވީއެވެ. ހުމެއިދުގެ ލޯބި ހޯދަން މި ހުރިހާ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ އަކީ ހުމެއިދުއަށް އެހެން ކުއްޖެއްދެކެ ލޯބި ވެވުން ހެއްޔެވެ. އަހަރެން އަމިއްލަ ނަފްސު ދެކެ ރުޅިއައެވެ. ނަމަވެސް މިއަދު އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ހުމެއިދު މަތިން ހަނދާން ނައްތާލުން ނޫން އެހެން ގޮތެއް ނެތެވެ. އަހަރެން ވިސްނާލީމެވެ. މި ހުރިހާ ދުވަހު އަހަރެން މި ވީ ގުރުބާނީ ތަކާ ކުރި ދުޢާ ތައް ބޭކާރުވެގެން ދިއުމަކީ ނާދިރު ކަމެކެވެ. ތަގުދީރުގައި ލިޔެވިފައިވާ އެއްޗެއް އަހަންނަކަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެން ނަމަވެސް އަހަންނަށް މަސައްކަތް ކުރެވިއްޖެއެވެ.

އެތައް ދުވަހެއް ކަރުނައިގެ ތަންމަތީގައި ހޭދަކުރުމަށް ފަހު އަހަރެން ފުން ނޭވާއެއް ލީމެވެ. ވޭތުވެދިޔަ ހިތްދަތި ދުވަސްތައް ހަނދާން ނައްތާލުމަށް ފަހު އައު ހަޔާތެއް ފެށުމަށް އަޒުމް ކަނޑައެޅީމެވެ. އެތައް ދުވަހަކަށް ފަހު ރައްޓެހިންނާއި ޗެޓް ކޮށްލާ ހިއްވިއެވެ. އެގޮތުން ފުރަތަމައިނުން ވެސް ވަނީ "ފޭސްބުކް" އަށެވެ. އެތައް ބައިވަރު ފްރެންޑް ރިކްއެސްޓް ތަކާ މެސެޖް ތައް ހުއްޓެވެ. އަހަރެން އިންބޮކްސް ހުޅުވާލީމެވެ. ހުސްވެސް އަހުސަމްގެ މެސެޖް ތަކެވެ. އަހުސަމް އަކީ އެތައް ދުވަހެއް ކުރިން ސުރެ އަހަންނަށް ލޯބި ހުށައަޅަމުން އަންނަ ރަނގަޅު ކުއްޖެކެވެ. ހުމެއިދުއަށް ޓަކައި އަހަރެން އޭނަ އަށް އެއްވެސް ޖަވާބެއް ނުދީ އޭނަ އިގްނޯ ކޮށްލަނީއެވެ.

އަހަރެން އޭނައަށް ރިޕްލައި ކުރަން އުޅުނު ތަނާ ހުމެއިދުގެ ބެސްޓް ފްރެންޑް ވާހަކަ ދައްކަން ފެށިއެވެ. އަހަރެން ވެސް ވާހަކަ ދެއްކީމެވެ. ބޭއިޙުތިޔާރުގައި އަހަންނަށް ހުމެއިދުއާއި އޭނާގެ ލޯބިވެރިޔާ ކިހިނެއްތޯ އަހާލެވުނެވެ. ޖަވާބުގައި އޭނަ ބުނީ އެކަން ވާގޮތެއް ނުވި ކަމަށެވެ. ހުމެއިދު އަށް ލޯބި ވެވުނު ކުއްޖާ އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެން ކަމަށާ ހުމެއިދުއަށް އެކަން އެގުނީ މާ ފަހުން ކަމުގައި ބުންޏެވެ. އަހަންނަށް އިތުރަށް ކުރާނެ ސުވާލެއް ނޭނގުނެވެ. އެވަގުތު ކޮންމެވެސް އެހެން މީހަކު ވާހަކަދައްކަން ފެށިއެވެ. އަހަރެން ބަލާލީމެވެ. އެއީ އަހުސަމް އެވެ.

=ނިމުނީ=

(ނޯޓް: މިއީ ހަގީގީ ވާހަކަ އެކެވެ. ނަމަވެސް ވާހަކައިގައި ބޭނުންކުރެވިފައި އެވަނީ ހިޔާލީ ނަންތަކެކެވެ.)


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times