ET - Eydhafushi Today
News in English

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player



ފަހުގެ ލިޔުންތައް
ފަލަސްތީނުގެ ރައީސަށް އޮބާމާ އިންޒާރު ދެއްވައިފި

| |

02 އޯގަސްޓް 2010
ރާމުﷲ: އިސްރާއީލާއިއެކު ސީދާ ވާހަކަތަކަކަށް ނުގޮސްފިނަމަ އެމެރިކާއާއި ފަލަސްތީނާއިދެމެދު އޮތް ގުޅުން ކަނޑާލައްވާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ދެއްވައިފިކަމުގައި ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އެބޭފުޅުން ވިދާޅުވީ، މިހާތަނަށް އެމެރިކާއިން ފަލަސްތީނަށް ދީފައިވާ އެމެރިކާގެ އެންމެ ހަރުކަށި އިންޒާރު ދީފައިވަނީ އޮބާމާ އައްބާސްއަށް ފޮނުއްވި ސިޓީފުޅެއްގައެވެ. އޮފިޝަލު ވިދާޅުވީ މި ސިޓީފުޅެއް އޮބާމާ އައްބާސްއަށް ފޮނުއްވާފައިވަނީ ޖުލައި 16 ގައެވެ.

މިހާތަނަށް އިސްރާއީލާއި ވާހަކަދެއްކުމަށް ފަލަސްތީނުން ކުރި ކޮންމެ މަސައްކަތެއް އިސްރާއީލުންވަނީ ފެނަށް ދުއްވާލާފައެވެ. އެހެންކަމުން މަހްމޫދު އައްބާސް މިހާރު ވިދާޅުވެފައިވަނީ، މިނިވަން ފަލަސްތީނަކަށް އިސްރާއީލުން އެއްބަސްވުމުގެކުރިން މަޝްވަރާ ނުކުރައްވާނެ ކަމަށެވެ. އެގޮތުން އައްބާސް ވިދާޅުވެފައިވަނީ، ހުޅަނގު އައްސޭރިއާއި ޣައްޒާ އަދި އިރުމަތީ ގުދުސަކީ ފަލަސްތީނުގެ ދައުލަތުގެ ތެރޭގައިވާ ތަންތަންކަމުގައި އިސްރާއީލުން ގަބޫލުނުކުރާހާހިނދަކު ސީދާ ވާހަކަތަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ.


ލިޔެވޭނެ އަކުރުގެ އަދަދު
ކޮމެންޓް ޝާއިއުކުރުމުގައި ބެލެވޭނެ މިންގަނޑުތައް

ކޮމެންޓެއް ލިޔުއްވާ!


close
ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކުރުމަށް ގޮވާލައި، އަދި އެކަމަށް ބާރު އަޅާ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

މީހުންގެ އަބުރާ ބެހޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ

ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ޝައިއެއް ނުކުރެވޭނެ

މައުލޫއާ ނުގުޅޭ ކޮމެންޓްތަކެއް ޝާއިއެއް ނުކުރެވޭނެ
އޭދަފުށި ޓައިމްސް އަކީ އިންފޮމޭޝަން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ނެރޭ އޮންލައިން ނޫހެކެވެ.
© Eydhafushi Times