އދ ގެ އިންސާނީހައްޤުތަކާ ބެހޭ ޕްލޭނަށް މަހިންދަރާޖަޕަކްސަ ދެކޮޅު ހައްދަވައިފި
ސްރީލަންކާގައި ދާދިފަހުން ނިމިގެންދިޔަ އެ ޤައުމުގެ ދާހިލީ ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފް ކަންތައްތައް ހިނގާފައިވާކަމަށް ބެލެވޭތީ އދ އިން އަންނަނީ މި ކަމުގެ ތަހުޤީޤެއް ކުރުމަށްޓަކައި ތަޖުރިބާކާރުންގެ އިސް ޕެނަލެއް ހައްދަވަމުންނެވެ.
މިކަމާއި ގުޅިގެން ސްރީލަންކާގައި ދާދިފަހުން ރިޔާސީ އިންތިޚާބު ބާއްވަވާ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެ ވަޑައިގެންނެވި ކުރީގެ އަސްކަރީ ވެރިޔާ ސަރަތު ފޮންސެކާ ބަލިކުރައްވާ ރައީސް ކަމުގެ މަޤާމު ދިފާއު ކުރެއްވެވި މަހިންދަރާޖަޕަކްސަ އދގެ ސެކެރެޓަރީ ޖެނެރަލް ބަން ކި މޫންއަށް ފޯނުން ގުޅުއްވާ ވިދާޅުވެފައި ވަނީ އދގެ މި ކަމަކީ އޭނާ ބަލައިގަންނާނޭ ކަމެއް ނޫން ކަމަށެވެ.
ނިއުޔޯރކްގައި ހުންނަވައިގެން ބަން ކި މޫންގެ ތަރުޖަމާން ވިދާޅުވެފައި ވަނީ މި ވާހަކަފުޅުގައި ބަން ކި މޫން ވަނީ ރައީސް މަހިންދަރާޖަޕަކްސަ އަށް މި ތަހުޤީޤު ކުރުމަށްޓަކައި ޕެނަލެއް އުފެއްދެވުމުގައި އދ އިން ގެންގުޅުއްވާ މިންގަނޑުތައް ވަރަށް ރަނގަޅަށް ސާފުކޮށްދެއްވާފައެވެ. އަދިވެސް މަރޓިން ނެސަރކީ ވިދާޅުވެފައިވަނީ އދއަށް މިހާތަނަށް ލިބިފައިވާ ރިޕޯޓްތަކުން ބުނާ ގޮތުގައި ދިގުދެމިގެން ގޮސްފައިވާ މި ހަނގުރާމައިގައި ވަނީ އެތައް ހާސް އާންމުންގެ މީހުންވެސް މަރުވެގެން ގޮސްފައި ކަމަށާއި އަދި އެންމެ ފަހުން ހިނގި ކުރިމަތިލުންތަކުގައި އެކަނިވެސް ވަނީ ލަންކާގެ އާންމުންގެ 7000 އަށް ވުރެ ގިނަ އާންމު ރައްޔިތުން މަރުވެގެން ގޮސްފައި ކަމަށެވެ.
މި މައްސަލަ އިތުރަށް ފެންމަތިވެފައި މިވަނީ މި ހަނގުރާމަ ލަންކާ ސިފައިން ކާމިޔާބު ކުރެއްވިއިރު މި ކާމިޔާބީގެ މޭސްތިރިއެއްގެ ގޮތުގައި ފޮންސެކާ ހުންނަވާ އިންތިޚާބީ ދުވަސްވަރު މިފަދަ އަމަލުތައް ހިންގަވާފައިވާކަމަށް ވިދާޅުވެފައި ވާތީއެވެ. އަދި މިކަމާއި ގުޅިގެން މިހާރުވެސް ބައިނަލްއަޤްވާމީ ފަރާތްތަކުން އަންނަނީ މަހިންދަރާޖަޕަކްސަގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިވަމުންނެވެ.
www.eydhafushitimes.com | © 2009